މާލޭ ސިޓީ ކައުންސިލް ވިލިމާލޭ ސެކްޝަނުގެ ތިޖޫރީ ފަޅާލަން މަސައްކަތް ކޮށްފި އެވެ.

ފުލުހުން ބުނީ އެ އޮފީހުގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުގެ ތިޖޫރީ ފަޅާލާފައިވާކަމުގެ މައުލޫމާތު ރޭ ފަތިހު 5:20 ހާއިރު ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެ އޮފީހުން އެއްވެސް ފައިސާއެއް އަދި އެހެން އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައިވާކަން އެނގިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތިޖޫރީ ހަލާކުކޮށްލުމަށް މަސައްކަތް ކޮށްފައިވީނަމަވެސް ތިޖޫރީ ހުޅުވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.