ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު 'މަރްދާނީ'ގެ ސީކުއެލްގެ ޝޫޓިން ނިންމައި ފިލްމުގެ ޓީޒާ ވެސް ދެއްކުމަށްފަހު ފިލްމު އަޅުވާ ތާރީހު އާންމުކޮށްފިއެވެ.

ރާނީގެ މަރްދާނީ 2 ތާވަލްކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. 'މަރްދާނީ 2'ގައި ރާނީ އަދާކުރާނީ ސުޕައިންޓެންޑެންޓް އޮފް ޕޮލިސްގެ ރޯލުންނެވެ.

ފިލްމުގެ ޓީޒާއަށް ބެލުންތެރިން ތަރުހީބު ދެމުން އަންނައިރު ބެލުންތެރިން ބުނީ ރާނީ އަކީ އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ ބަތަލެއް ކަމަށެވެ.

'މަރްދާނީ'ގައި ރާނީ ފެނިގެން ދިޔައީ ޗައިލްޑް ޓްރެފިކިން އާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ސީނިއާ އިންސްޕެކްޓަރު ޝިވާނީ ޝިވާޖީގެ ރޯލުންނެވެ.

'މަރްދާނީ 2' ޑައިރެކްޓު ކުރާނީ 'މަރްދާނީ'ގެ ވާހަކަ ލިޔުނު ގޯޕީ ޕުތުރަން އެވެ. މިއީ ގޯޕީގެ ފުރަތަމަ ޑައިރެކްޝަނެވެެ. 'މަރްދާނީ 2' ވެސް ޕްރޮޑިއުސް ކުރާނީ ފުރަތަމަ ފިލްމު ވެސް ޕްރޮޑިއުސް ކުރި އަދިއްތުޔަ ޗޯޕްރާ އެވެ.