ހެންވޭރުގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ ފޭރެން އުޅުނު ތިން ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވައްކަން ކުރަން އުޅުނު ތިން ދިވެހި ފިރިހެނުން ހައްޔަރުކޮށްފައި ވަނީ އެގެއިން ފޭރެން އުޅޭކަމުގެ މައުލޫމާތު ލިބުމުން އެވަގުތު ޕެޓްރޯލް ކުރަން އުޅުނު ގަލޮޅު ޕޮލިސްގެ ފުލުހުން ކަމަށެވެ.

ފުލުހުން ވަނީ ފޭރެން އުޅުނު މީހުން ހުއްޓުވައި، ތިން މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެމީހުން ދުއްވި ދެ ސައިކަލް ވެސް ވަނީ ޓޯކޮށްފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.