Last Updated:
6 year 2 month ago

އަލިފާންގަނޑު ނިއްވާލައިފި، ހަތް މީހަކު ފިހިފައި

    ބުލޮގު ޚުލާސާ

    މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި ލޯންޗެއްގައި ރޯވެ އަނދަމުން އެބަދެ އެވެ. އެ ސަރަހައްދުގައި ހުރި ސަންގެ ފޮޓޯ ޖާނަލިސްޓް ފަޔާޒު މޫސާ ބުނީ، ރޯވެ އަނދަމުން ދަނީ ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ކަމަށެވެ. ވަރަށް ބޮޑަށް އަލިފާން ރޯވެފައި އޮތް އިރު، ދުންވެސް ވަރަށް ބޮޑަށް އަރަމުން އަންނަ ކަމަށް ފަޔާޒު ބުންޏެވެ.

    އެމްއެންޑީއެފް އިން ބުނީ ޓީޖެޓީގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

    18:06

    ފޮޓޯއިން: އަލިފާންނަށް ފަހު

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

    17:34

    ޓީޖެޓީ ސަރަހައްދުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައި

    އަލިފާން ރޯވި ސަރަހައްދު ރައީސް ސޯލިހު ބައްލަވައިލައްވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަލްޒަމް
    17:33

    މިފަދަ އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ

    17:27

    އަލިފާނުގެ ހާދިސާގައި ފިހުނީ އއ. އުކުޅަހަށް ނިސްބަތްވާ ތިން މީހެއް. އެ ތިން މީހުންގެ އާއިލާގެ މެމްބަރުން މިވަގުތު ދަނީ ލޯންޗެއްގައި މާލެ އައުމުގެ މަގުމަތީގައި. އަލިފާން ރޯވި ލޯންޗު "ނެވި 3"ގެ ވެރި ފަރާތްވެސް މިވަގުތު ދަނީ މާލެއަށް ދަތުރުކުރަމުން.

    ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއް ވެހިކަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި --- ސަން ފޮޓޯ/ އަބްދުﷲ އަލްޒަމް
    17:23

    ޓީޖެޓީ ސަރަހައްދަށް ރައީސް ވަޑައިގެންފި

    އަލިފާނުގެ ހާދިސާ ހިނގި ޓީޖެޓީ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި. އެ ސަރަހައްދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހުންނެވީ އެ ސަރަހައްދުގައި.

    ޓީޖެޓީ ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން، އަލިފާނުގެ ހާދިސާގެ މައުލޫމާތު ސާފުކުރައްވަނީ --- ސަން ފޮޓޯ/ އަލްޒަމް އަބްދުﷲ
    17:10

    އެމްއެންޑީއެފްއިން ބުނީ ރޯވެފައިވާ އަލިފާންގަނޑު އެކީ ކޮންޓްރޯލް ކުރެވިއްޖެ. އަލިފާންގަނޑު ކޮންޓްރޯލްވި އިރު، ތިން ތެޔޮ ބައުޒަރާއި އެ ސަރަހައްދު ފަޅުގައި އޮތް ފެރީ ލޯންޗެއް ވަނީ އެކީ އަނދައިގެން ގޮސްފައި.

    ބައުޒަރުތަކުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައި --- ސަން ފޮޓޯ/ އަހްމަދު މުސްލިމް
    17:01

    މިހާރު އެއްވެސް ވަރަކަށް އަލިފާނެއް ނެތް. އަލިފާން ރޯވި ލޯންޗް ވަނީ ގާތްގަނޑަކަށް އަޑިއަށް ގޮސްފައި. އަދި ތިން ބައުޒަރުވެސް ވަނީ އަނދާފައި.

    16:59

    ރޯވީ އުކުޅަހު ލޯންޗެއްގައި

    އއ. ރަސްދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ އަނިލް "ސަން"އަށް ވިދާޅުވީ މިއަދު ރޯވީ އއ. އަތޮޅަށް ދަތުރުތައް ބާއްވާ، އަދި އއ. އުކުޅަހަށް ނިސްބަތްވާ ލޯންޗެއް ކަމަށެވެ. "ނެވި 3" ކިޔާ މި ލޯންޗުގެ ވެރިފަރާތުން ތިން ލޯންޗު ގެންގުޅޭ ކަމަށާއި މިއަދު ރޯވީ އޭގެ ތެރެއިން އެންމެ ބޮޑު ލޯންޗުގައި ކަމަށް އޭނާ ވިދާޅުވި.

    އަނިލް ވިދާޅުވީ އެ ލޯންޗުގެ ފަޅުވެރިންގެ ތެރެއިން ހަތަރު މީހުން ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ހަތަރު ފަޅުވަރީންނަކީވެސް އުކުޅަހަށް ނިސްބަތްވާ މީހުންކަމަށް.

    16:54

    ހަތް މީހަކު ފިހިގެން ވަނީ ގެނެސްފައި: އައިޖީއެމްއެޗް

    އައިޖީއެމްއެޗުން ބުނީ ޖުމްލަ 9 މީހަކު ވަނީ ހާދިސާގައި އަސަރުކޮށްގެން ގެންގޮސްފައި ކަމަށް. އޭގެ ތެރެއިން ފިހިގެން 7 މީހަކު ގެނެސް ފަރުވާދޭ ކަމަށް އައިޖީއެމްއެޗުން ބުނޭ. އޭގެ ތެރެއިން ދެ މީހުންނަކީ ބިދޭސީން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނި. އަދި އެހާ ސީރިއަސް ޕޭޝަންޓެއް ނެތް ކަމަށް ވެސް އައިޖީއެމްއެޗުން ބުނި.

    16:46

    އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

    16:43

    ރޯވި ލޯންޗް ފަޅުތެރެއަށް އަޑިއަށް

    އަލިފާން ރޯވި ލޯންޗްގެ ބޮޑުބައެއް ވަނީ މިހާރު ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފްއިން ބުނެފި.

    16:41

    16:41

    ފުރަތަމަ ރޯވި ދެ ބައުޒަރުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި.

    16:39

    އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އިތުރު ވެހިކަލެއްގައި ރޯވި މަންޒަރު ދެންމެ ފެނިފައިވާ ކަމަށް. އެ ސަރަހައްދުގައި ވަރަށް ގިނަ ތެޔޮ ބައުޒަރުތައް ބަހައްޓާފައި ހުރޭ.

    16:37

    ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިހާރު ހުންނެވީ އެ ސަރަހައްދުގައި.

    16:35

    އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެއްވިއްޖެ: އެމްއެންޑީއެފް

    ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފްއިން ބުނޭ. ރޯވީ ދެ ތެޔޮ ބައުޒަރާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި. ޓީޖެޓީ ސަރަހައްދަކީ ގިނަ އަދަދެއްގެ ތެޔޮ ބައުޒަރުތައް ހުންނަ ސަރަހައްދެއް. މީގެ އިތުރުން މުދާ އުފުލާ ގިނަ ދޯނިފަހަރުތައް ވެސް މުދާ ބަރުކުރަނީ އެ ސަރަހައްދުން.

    16:34

    ސިފައިންގެ އިލްތިމާސްއެެއް

    އަލިފާން ހިފާފައިވާ ސަރަހައްދުގައި މީހަކު ނެތި ހުރި ތެޔޮ ބައުޒަރުތައް އެތަނުން ދުރަށް ޖެއްސުމަށް ސިފައިން އަންނަނީ މިހާރު އިލްތިމާސް ކުރަމުން. ގިނަ ތެޔޮ ބައުޒަރުތައް މިހާރު ވަނީ ދުރަށް ގެންގޮސްފައި.

    16:30

    އަލިފާން ހިފާފައިވާ ލޯންޗް -- ސަން ފޮޓޯ

    16:24

    ލޯންޗްގައި ރޯވެފައިވާ އަލިފާންގަނޑު ސިފައިން ވަނީ މިހާރު ނިއްވާލާފައި. ނަމަވެސް ތެޔޮ ބައުޒަރުގައި ރޯވެފައިވާ އަލިފާންގަނޑު އަދި ނުނިވޭ

    16:20

    16:14

    ޓީޖެޓީގައި ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

    16:14

    އަލިފާން ކޮންޓްރޯލް ކުރަން ފޯމް ބޭނުން ކުރަނީ

    ސިފައިން ގެންދަނީ އަލިފާން ނިއްވުމަށް ޓަކައި ފޯމް ބޭނުން ކުރަމުން. ރޯވެފައި ވަނީ ޓީޖެޓީގައި އޮތް ދެ ތެޔޮ ބައުޒަރާއި އަދި ލޯންޗެއްގައި. އެހެން ވެހިކަލްތައް މިހާރު ވަނީ ރީވެފައިވާ ސަރަހައްދުން ދުރަށް ޖައްސާފައި.

    16:10

    ދެ ބައުޒަރުގައި ރޯވެފައިވޭ

    ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރަކު ބުނީ ދެ ތެޔޮ ބައުޒަރުގައި ރޯވެފައިވާ ކަމަށް. އަދި ރޯވީ ފަޅުގައި އޮތް އެންމެ ލޯންޗެއްގައި ކަމަށް.

    16:08

    ޓީޖެޓީގައި ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ/ އަހްމަދު މުސްލިމް

    16:08

    ފަސް މީހުން ފިހި، އެކަކުގެ ހާލު ސީރިއަސް

    ފަސް މީހަކު ފިހިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ފުލުހުން ކަށަވަރުކޮށްދޭ. އޭގެ ތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް ފުލުހުން ބުނޭ. އައިޖީއެމްއެޗުން ބުނަނީ ފިހިގެން ބަޔަކު ގެނެސް ފަރުވާދެމުން އަންނަ ކަމަށް.

    16:07

    ޓީޖެޓީގައި ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    16:06

    ފޮޓޯއިން ޓީޖެޓީގެ އަލިފާން

    އަލިފާންގަނޑު ކޮންޓްރޯލް ކުރަން ސިފައިން ހަރަކާތްތެރިވަނީ

    އަލިފާންގަނޑު ކޮންޓްރޯލް ކުރަން ސިފައިން ހަރަކާތްތެރިވަނީ.

    16:01

    އަލިފާން ރޯވެފައިވާ ލޯންޗް މިހާރު ދުރަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނޭ.

    15:57

    އަލިފާންގަނޑު އަދި ކޮންްޓްރޯލް ނުވޭ: އެމްއެންޑީއެފް

    އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނޭ. ރޯވެފައިވާ ސަރަހައްދުން ވަރަށް ބޯކޮށް ކަޅު ދުންގަނޑުވެސް ދަނީ އަރަމުން. އަލިފާން ކޮންޓްރޯލް ވާކަމުގެ އެއްވެސް ނިޝާނެއް ނެތް

    15:53

    ޓީޖެޓީ ސަރަހައްދުން ދޯނިތައް ނެރެނީ

    އެ ސަރަހައްދުގައި ހުރި ސަންގެ ފޮޓޯ ޖާނަލިސްޓް ފަޔާޒު މޫސާ ބުނީ، އަލިފާން ރޯވުމާ އެކު ޓީޖެޓީ ފަޅުގައި ހުރި ދޯނިތައް މިހާރު އެ ސަރަހައްދުން ނެރެމުން އަންނަ ކަމަށް. އެކަން ކުރަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް.