30 Sep 2019, 16:10
ގަލަންޒް ބްރޭންޑުގެ އެއާކޮންޑިޝަނާ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށް ރެޑްވޭވުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައި ވަނީ ގަލަންޒްގެ އާކަސް ސީރީސްގެ L71 އެވެ. އެގޮތުން މި އޭސީއަކީ 3ޑީ ޑީސީ އިންވާޓާރ ޓެކްނޮލޮޖީ ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ، ހަރަދު ކުޑަ އޭސީ އެކެވެ.
ގަލަންޒް ގްރޫޕަކީ އިލެކްޓްރޯނިކްސް އުފެއްދުމުގައި 40 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. ގަލަންޒް ތައާރަފްކުރުމާއި އެކު، ހުރިހާ އޭސީ އަކުން އަގުތައް ހެޔޮވެގެންދާ، ރެޑްވޭވްގެ "މެގަ އޭސީ ސޭލް" ވަނީ މިހާރު ވަނީ ފަށައިފަ އެވެ.
ގަލަންޒް އިންވާޓާ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާއި ރައްޓެހިގޮތަކަށް ފަރުމާ ކުރެވިފައިވާ މި އޭސީ އަކީ އަޑު އަދި އަވަހަށް ފިނިކޮށްދޭ (ޓާރބޯ ކްލީނިންގް) އޭސީއެކެވެ.
ރެޑްވޭވުން ގަލަންޒް ބްރޭންޑްގެ ތިން ސައިޒެއްގެ އޭސީ ހާއްސަ އަގެއްގައި ލިބެން ހުންނާނެ އެވެ.
އެގޮތުން 9000ބީޓީޔޫގެ އިންވާޓާރ އޭސީ 4،840 ރުފިޔާ އަށް އަށް އަދި 12000ބީޓީޔޫގެ އިންވާޓާ އޭސީ 5،890 ރުފިޔާ އަށް އަށް ލިބެ އެވެ. އަދި 18000ބީޓީޔޫގެ އިންވާޓާރ އޭސީ 7،890 ރުފިޔާ އަށް ލިބެ އެވެ.
ގަލަންޒް އިންވާޓާ އޭސީ ރެޑްވޭވުން ވިއްކަނީ އެއްއަހަރު ދުވަހުގެ ވޮރަންޓީ އާއި އެކުގަ އެވެ.
އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ރެޑްވޭވުގެ ކަސްޓަމަރުންނަށް ހިލޭ އިންސްޓޮލޭޝަން ކިޓުގައިވާ ސާމާނު ލިބޭނެ އެވެ. އަދި މިއަދުން ފެށިގެން އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ގަލަންޒް އޭސީ ގަންނަ ކޮންމެ ކަސްޓަމަރަކަށް ހިލޭ އިންސްޓޮލޭޝަން ލިބިގެން ދާނެ އެވެ.
ގަލަންޒް އޭސީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ސްކީމްގެ ދަށުން ވެސް ލިބޭނެ އެވެ.
ރެޑްވޭވުން ބުނީ "އަގު ހެޔޮ ވުމަކީ ކޮލިޓީ ދައްވުން" ކަމުގައި ދެކޭވިސްނުން ބަދަލުކޮށް، ކޮލިޓީ ބްރޭންޑެއް ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.