30 Sep 2019, 10:20
ބިދޭސީއަކު ރަހީނު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، މިދިޔަ ހޮނިހިރު ދުވަހު މެންދުރު 2:46 އެހާކަށްހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން އަށް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް އިއްޔެ އޭނާ ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތް ވަނީ ވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރަހީނުކުރި ބަންގްލަދޭޝް މީހާ އަމިއްލައަށް ސަލާމަތްވީ ކަމަށެވެ.
"އޭނާ ރަހީނުކުރި މީހުންގެ ކިބައިން ސަލަމާތްވެ، އެ މީހުންނަށް ފިލައިގެން އަމިއްލަ އަށް މި ސާވިސް އަށް އައިސް އެކަން ހިނގާފައިވާ ގޮތް އިތުރަށް ތަފްސީލުކޮށްދީފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.