30 Sep 2019, 09:35
ރޯޔަލް ޖޯޑޭނިއަންގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އެ އެއާލައިނުގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަންނަ މަހުގެ 16އާ ހަމައަށް އެ އެއާލައިނުން ރާއްޖެއަށް ހަފްތާ އަކު އެއް ފްލައިޓު ބާއްވާނެ އެވެ.
ޖޯޑަންގެ ވެރިރަށް އައްމާން އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ބާއްވަނީ ބޯއިން 8-787 ޖެޓެއްގަ އެވެ.
މި ދަތުރުތަކާއެކު މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ އެވެ. މެދުއިރުމަތީ މާކެޓަކީ މިހާރުވެސް ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު މާކެޓެކެވެ. އެ މާކެޓުން މިދިޔަ އޮގަސްޓުގެ ނިޔަލަށް 42000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ޖޯޑޭނިއަން އެއާލައިން އިން މިހާރުވެސް ދުނިޔޭގެ 43 މަންޒިލަކަށް ދަތުރުތައް ބާއްވަ އެވެ.