30 Sep 2019, 11:42
ކްރިތީ ސެނަންއާއި ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ލުކާ ޗުއްޕީ"ގެ ސީކުއެލްއެއް ހެދުމަށް ނިންމައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނީ ފިލްމުގެ ސީކުއަލެއް ގެނެސްދޭން ނިންމާފައިވާ ކަމަށާއި ދެވަނަ ބައިގައި ފެނިގެންދާނީ އެ މީހުންގެ ވަރީގެ މައްސަލަގަނޑެއްގެ ވާހަކަ ކަމަށެވެ.
ފިލްމުގެ ދެވަނަ ބައިގެ ވާހަކަ ލިޔަމުންދާ ކަމަށާއި އަހަރެއްހާ ދުވަސްތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކޮށް ދިނޭޝް ބުނީ ސްކްރިޕްޓް ލިޔެ ނިމުމުން ޝޫޓިންގެ މަސައްކަތް ފަށާނެ ކަމަށެވެ.
ފިލްމުގެ ފުރަތަމަ ބައިގައި ކާތިކް ފެނިގެން ދާނީ މަރޫތާއަށް ނިސްބަތްވާ ނޫސްވެރިއެއްގެ ރޯލުންނެވެ. ނިއު ދިއްލީގައި ކިޔަވަން އުޅުމަށްފަހު އުފަން ސިޓީއަށް ގޮސްގެން އުޅުމުގެ ތެރޭގައި ކްރިތީއަށް ކާތިކް ފެނެއެވެ.
ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯލުންވެސް ފެނިގެންދާނީ އެ ދެ ތަރިންނެވެ.
ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 18 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.