01 Oct 2019, 08:48
ސީޑަބްލިއުގެ "ބެޓްވުމަން" ޝޫޓިންގެ ތެރޭގައި ޝޯގެ ލީޑް އެކްޓްރެސް ރޫބީ ރޯސްއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ރޫބީ ރޯސްއަށް އަނިޔާ ލިބިފައިވަނީ ޝޯގެ ޝޫޓިންގައި އޭނާގެ ސްޓަންޓްތައް އަމިއްލައަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
ރޫބީ ބުނިގޮތުގައި އޭނާއަށް ލިބުނު އަނިޔާގައި އޭނާގެ މައިބަދައިގެ ދެ ޑިސްކެއް ވަނީ ގުޑާފައެވެ. އަދި ވަގުތުން އޭނާއަށް ފަރުވާ ނުލިބުނުނަމަ އޭނާ ނުކުޅެދނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ހާމަކޮށްފައިވާ ކަމަށް ރޫބީ ބުންޏެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި އޭނާގެ ހާލު މިހާރު ސީރިއަސް އެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް އެއްވެސް މަސައްކަތެއް ކުރުމަށް ވަނީ ޑޮކްޓަރުން މަނާކޮށްފައެވެ.
ރޫބީ ލީޑް ރޯލުން ފެނިގެންދާ ބެޓްވުމަންގެ ޝޫޓިން މިހާރު ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އެ ޝޯގެ ގިނަ އެޕިސޯޑްތަކުގެ ޝޫޓިން ވަނީ ނިންމާފައެވެ.
ބެޓްވުމަން އަކީ ސީޑަބްލިއުއިން އަލަށް ދައްކަން ފަށާ ސީރީޒްއެކެވެ. އެ ސީރީޒް ދައްކަން ފަށަނީ އަންނަ މަހު ހައެއްގައެވެ.
ރޫބީ ރޯސްގެ އިތުރުން ބެޓްވުމަންއިން ފެނިގެންދާނީ ރޭޗަލް ސްކާސްޓެންއާއި މޭގަން ޓޭންޑީ އަދި ޑަގްރޭ ސްކޮޓްއެވެ.