ށ. ނަރުދޫގައި އިންޖީނުގެއެއް އަޅަން ފެނަކަ ކޯޕަރޭޝަނުން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ފެނަކައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އިންޖީނުގެ އަޅަން ހަވާލުކުރީ ސީސައިޑް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ކުންފުންޏަކާއެވެ.

އެ އެއްބަސްވުމުގައި ސީސައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ސީސައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 5.11 މިލިއަން ރުފިޔާއަށް 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަަށެވެ.

އެ މަސައްކަތް އަންނަ ބުރާސްފަތު ދުވަހު ފަށަން ޖެހޭއިރު ނިންމަން ޖެހެނީ އަންނަ އަހަރުގެ އެއް ވަނަ ދުވަހަށެވެ.

ފަނަކައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާ އިންޖީނުގެ ހަދަނީ އެރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ އިންޖީނުގެ ހަދަނީ މީހުން ދިރިއުޅޭ ސަރަަަހައްދާ ދުރުގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.