ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޗުއްޓީއެއް ނަންގަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނު ޗުއްޓީގެ ދުވަސްތައް ހޭދަކުރައްވާނީ ޢާއިލާގެ ބޭފުޅުންނާ އެކު ކަމަށެވެ. ނަމަވެސް ރައީސް ނެންގެވީ ކިތައް ދުވަހުގެ ޗުއްޓީއެއް ކަމެއް އަދި ޗުއްޓީ ހޭދަކުރައްވަނީ ކޮންތާކު ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުމާ ބެހޭ ޤާނޫނުގައި ރައީސުލްޖުމްހޫރިއްޔާއަށް ގިނަވެގެން އަހަރަކު ތިރީސް ދުވަހުގެ ޗުއްޓީއެއް ކަނޑައަޅާފައިވާ ކަމަށެވެ.