29 Sep 2019, 16:48
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މެޑިކާ ހޮސްޕިޓަލުން ކުރިއަށްގެންގިސްފިއެވެ.
މެޑިކާ ހޮސްޕިޓަލުގެ ޑިރެކްޓަރު އަހުމަދު ޝާހިދު މުހައްމަދު ވިދާޅުވީ މިއަދު މެޑިކާ އިން މައުލޫމާތު ސެޝަން ކުރިއަށްގެންދިޔައީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކަމަށެވެ.
"މައުލޫމާތު ސެޝަން ނަންގަވައިދެއްވީ މެޑިކާގެ ހިތުގެ ޑޮކްޓަރު ޑރ. އަބްދުލްއަޒީޒު އަހުމަދު. މި ސެޝަންގައި އޭސީސީގެ މުވައްޒަފުންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރުމުގެ ފުރުސަތު ދެވުނު،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދުގެ ސެޝަންގައި ހާޓް އެޓޭކު ޖެހުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާ ކުރެވުނު ކަމަށެވެ.
"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ފަހަގަކުރާ ސިއްހަތާ ބެހޭ ދުވަސްތައް އަޅުގަނޑުމެން ފާހަގަ ކުރަން. މިދިޔަ ބުރާސްފަތި ދުވަހު ފަލާހު ޕްރީ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަ ސެޝަނެއް ކުރިއަށްގެންދިޔައިން އާލީ ޗައިލްޑް ހުޑް ކެންސާ އާ ގުޅޭ. މި ސެޝަން ނަންގަވައިދެއްވީ ޑރ. ރުހްޝާނާ. މިވެސް މައުލޫމާތު ދިނުމާއެކު ސުވާލާ ޖަވާބު ސެޝަނަކާއެކު ކުރިއަށްގެންދިޔަ ހަރަކާތެއް،" ޝާހިދު ވިދާޅުވިއެވެ.