30 Sep 2019, 08:28
ސިމްބޮލިކް ރިކޯޑްސްގެ އޮރިޖިނަލް ލަވަ "ވާނަން އުމުރަށް"، ސައުންޑްކްލައުޑްގައި އަޑުއެހި އަދަދު އެއް މިލިއަނަށްވުރެ މައްޗަށް އަރައިފި އެވެ.
ސިމްބޮލިކް ރިކޯޑްސް އިން ބުނީ "ވާނަން އުމުރަށް" ލަވައަކީ މިހާތަނަށް ސައުންޑްކްލައުޑްގައި އެއް މިލިއަން ފަހަރަށް އަޑުއެހި ފުރަތަމަ ދިވެހި ލަވަ ކަމަށެވެ.
އަދި ސިމްބޮލިކް ރިކޯޑްސްއަކީ ސައުންޑްކްލައުޑްގައި 10 މިލިއަން "ޕްލޭ" ލިބިފައިވާ ފުރަތަމަ ދިވެހި ރިކޯޑް ލޭބަލް ކަމަށް އެ ރިކޯޑް ލޭބަލް އިން ބުނެ އެވެ.
ޓޯއި އާއި ޒިޔާ ކިޔާފައިވާ ވާނަން އުމުރަށް ނެރެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ލަވައިގެ ޑައިރެކްޝަނާއި އެހެން މަސައްކަތްތައްވެސް ކޮށްފައިވަނީ ޓޯއި އާއި ޒިޔާ އެވެ. ލަވައިގެ މިއުޒިކް މިކްސިންއާއި މާސްޓަރިންގެ މަސައްކަތްކޮށްފައިވަނީ ރައިޑޭ އެވެ.
ވާނަން އުމުރަށް ލަވައިގެ މިއުޒިކް ވީޑިއޯއެއްވެސް ވަނީ މިދިޔަ އަހަރުގައި ނެރެފައެވެ.