29 Sep 2019, 09:02
އެސްޓީއޯއާއި އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ޑރ ރެޑީ ފާމާއާ ގުޅިގެން ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކޮށް ހިތުގެ ބަލިތަކާ ގުޅޭ ކޮންފަރެންސްއެއް އިއްޔެ ހޮޓެލް ޖެންގައި ކުރިއަށް ގެންގޮސްފިއެވެ.
ޑރ. ރެޑީ ފާމާއަކީ ރާއްޖެއަށް ސިއްހީ ދާއިރާއާ ގުޅޭ ގިނަ ތަކެތި އެސްޓީއޯއަށް ސަޕްލައިކޮށްދޭ ކުންފުންޏެކެވެ.
އެސްޓީއޯއިން ބުނީ މިއީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ބޭއްވި ކޮންފަރެންސްއެއް ކަމަށެވެ.
އެ ކޮންފަރެންސްގައި އޭޑީކޭއާއި އައިޖީއެމްއެޗް އަދި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ މައުލޫމާތު ދެއްވައިފައެވެ.
އެސްޓީއޯއިން ބުނީ މިއީ ހިތާއި ލޭނާރުގެ ބަލިތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 17.5 މިލިއަން މީހުން އަހަރަކު މަރުވަމުންދާތީ އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވި ކޮންފަރެންސްއެއް ކަމަށެވެ.