އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ބިޕިން ރަވާތް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ. އަދި އެ ދަތުރު ނިންމާލައްވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އޭނާ އިންޑިއާގެ ސިފައިންގެ ވެރިޔާގެ މަގާމަށް ހަމަޖެއްސީ، ޑިސެމްބަރު 31، 2016 ގަ އެވެ. އޭނާ އަކީ ސިފައިންގެ ޗީފްގެ އިތުރުން، އިންޑިއާގެ ސަލާމަތީ ކަންކަމާ ގުޅޭ އެންމެ މަތީ ކޮމިޓީ، ޗީފް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން އެވެ.