ސްކައިޑައިވް ކުރަމުން ދިޔަ އަންހެނަކު ކޮންޓެއިނަރު އުފުލާ ވެހިކަލްއެއްގައި ޖެހި ހައިވޭއަކަށް ވެއްޓި މަރުވެއްޖެ އެވެ.

އެ ހާދިސާގައި ބުރާސްފަތި ދުވަހު، އެމެރިކާގެ ކެލިފޯނިއާ އަށް ވެއްޓި މަރުވެފައި ވަނީ 28 އަހަރުގެ އަންހެނެކެވެ.

ކޭއޯވީއާރު ނިއުސް ސްޓޭޝަންއިން ރިޕޯޓްކުރިގޮތުގައި އެ އަންހެން މީހާ އަކީ ކޮލަމްބިއާގެ ރައްޔިތެކެވެ.

މަންޒަރު ދުށް މީހުން ބުނީ އެ އަންހެން މީހާ ވައިކުޑާގައި ޖައްސަން އުޅުނު ސަރަހައްދަށް ނުޖެއްސުނީ ވައި ބާރުވުމުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ބަދަލުގައި އޭނާ ވެހިކަލްގައި ޖެހި ހައިވޭއަށް ވެއްޓުނީ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

އެ އަންހެން މީހާ ސްކައިޑައިވިންގެ ހިދުމަތް ހޯދީ ސްކައިޑައިވް ލޮޑީ ޕެރެޝޫޓް ސެންޓަރުންނެވެ. އެ ސެންޓަރުން ހިދުމަތް ހޯދި 63 އަހަރުގެ އަންހެނަކު ވެސް ކުރިން މަރުވެފައިވެ އެވެ. އޭނާ މަރުވީ ވައިކުޑައިގައި ފުންމާލުމުން، އެ ވައިކުޑަ ނުހުޅުވި ބިމަށް ވެއްޓިގެންނެވެ.

އެ ސެންޓަރުން ހޯދި 16 މީހަކު 1999 އަކާ 2018 އާ ދެމެދު މަރުވެފައިވެ އެވެ.