27 Sep 2019, 20:52
ނުވަދިހަ ދުވަސް ތެރޭ ނިންމާގޮތަށް ލ. މާމެންދޫ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
މިއަދު މާމެންދޫގައި ބޭއްވި ރަސްމިއްޔާތުގައި އާ އިންޖީނުގޭ އިމާރާތުގެ ބިންގާ އެޅުއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މާމެންދޫ އިންޖީނުގޭގެ ބިންގާ އެޅުން -- ފޮޓޯ: ފެނަކަ
މިއީ ފެނަކަ އިން މިއަހަރު ތެރޭ ބިންގާ އެޅި 18 ވަނަ އިންޖީނުގެ އެވެ.
ސެންޓިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 5.299 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އެ މައްސައްކަތް މިއަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ނިންމާ ފެނަކައާ ހަވާލު ކުރުމަށް ވަނީ އަންގާފަ އެވެ.