މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާން "ހެޔޮހިތުން ދިވެހި ފަންނާނުން"ގެ ނަމުގައި މިއުޒިކް ޝޯއެއް ފަށައިފި އެވެ.

އާޓްސް އެންޑް ކަލްޗާ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ގިނަ އަދަދެއްގެ ދިވެހި ފަންނާނުންނާއެކު މިއަދު މެންދުރު ފަހު 3:30 އެ ޝޯ ފަށައިފައި ވާއިރު، މިރޭ ދަންވަރު 03:30 އަށް ޝޯ ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޝޯއަށް ވަނުމުގެ އަގަކީ 20 ރުފިޔާ އެވެ.

މި ޝޯގައި 200 އަށް ވުރެ ގިނަ ފަންނާނުން އެއް ޕްލެޓްފޯމަކުން ފެނިގެންދާއިރު، މިއުޒިކް ޝޯގެ ތެރެއިން އެމްއެންޑީއެފް އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަ ގެއަކަށް އަސަރުކުރި އިރު، 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.