13 Nov 2011, 14:40
ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމަށް ބަންޑާރަ ނައިބު އޮފީހުގެ ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އެ ދެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ބ. އޭދަފުށީ ހިޔަލީގޭ، ފާތުމަތު ހަލީމާ އާއި ވިލިމާލޭ ވަސްމީރު، ފިޔަ، އަހުމަދު އުޝާމެވެ.
މި ދެބޭފުޅުންގެ ތެރެއިން ފާތުމަތު ހަލީމް ކުރިން ހުންނެވީ ބަންޑާރަ ނައިބު އޮފީހުގެ ސްޓޭޓް އެޓާނީއެއްގެ މަގާމުގަ އެވެ. އުޝާމް ހުންނެވީ ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.
މި ދެ ބޭފުޅުން ވެސް އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ކަމަށެވެ.
ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލަކަށް ކުރިން ހުންނެވީ އިބްރާހިމް ރިފްއަތެވެ. ނަމަވެސް ސޮލިސިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަބްދުﷲ މުއިއްޒު ބަންޑާރަ ނައިބަކަށް އައްޔަންކުރެއްވުމުން ރިފްއަތު ވަނީ ސޮލިސިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.