26 Sep 2019, 17:16
ޑިސްކައުންޓްތަކާއެކު އިންސްޓޯލްމަންޓަށް މާކިއުރީ އިންޖީނު ލިބޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސްއިން ފަށައިފި އެވެ.
އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ޒިޔާއު "ސަން" އަށް ވިދާޅުވީ އެ ޕްރޮމޯޝަން މިމަހުގެ 15 އިން އަންނަ މަހުގެ 15 އަށް ކުރިއަށްދާނެ ކަމަށެވެ.
ޑިސްކައުންޓްތައް:
- މާކިއުރީ 30 ޕަވާ ހޯސް އިލެކްޓްރިކް
- މާކިއުރީ 30 ޕަވާ ހޯސް މެނުއަލް
- މާކިއުރީ 115 ޕަވާ ހޯސް އިލެކްޓްރިކް (ސީޕްރޯ)
- މާކިއުރީ 150 ޕަވާ ހޯސް އިލެކްޓްރިކް (ސީޕްރޯ)
- މާކިއުރީ 200 ޕަވާ ހޯސް އިލެކްޓްރިކް (ސީޕްރޯ)
އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭ އިންޖީނުގެ ވައްތަރުތަކުން ނުވަޔަކާ 11 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެކަމަށްވެސް ޒިޔާއު ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން ދޫކުރާ ޕެކޭޖްގައި ހިލޭ އިންޖީނު އިންސްޓޯލްކޮށްދިނުމާއި ރިމޯޓާއި ބެޓެރި ހިމެނޭ ފްލެކްސިބަލް ޕްލޭންއެއް ހިމެނޭނެ ކަމަށެވެ.
ފުޅާދާއިރާއެއްގައި ރާއްޖެއަށް އިންޖީނު އެތެރެކުރާ ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސްއަކީ މާކިއުރީ އިންޖިނިއަރިންގެ އޮފިޝަލް ޑިސްޓްރިބިއުޓާވެސް މެއެވެ.