26 Sep 2019, 16:15
ހުޅުމާލޭގައި ބޮޑުވަމުން އަންނަ އާބާދީއަށް އަމާޒުކޮށް ގައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީއިން އިތުރު ފެން ޕްލާންޓެއް ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.
އެ ފެން ޕްލާންޓް ބަހައްޓައި ހިދުމަތް ފެށުމާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ އަލަށް ބެހެއްޓި ފެން ޕްލާންޓަކީ ދުވާލަކު 3،000 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއް ކަމަށެވެ. އަދި އެ ޕްލާންޓާ އެކު ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުން އުފައްދާ ފެނުގެ ކެޕޭސިޓީ ދުވާލަކު 7،500 ޓަނަށް އިތުރުވެގެން ދާނެ އެވެ.
މީގެ އިތުރުން ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 3،000 ޓަނުގެ ފެން އުފެއްދޭ އިތުރު ޕްލާންޓެއް އަދި 10،000 ޓަނުގެ ފެން ރައްކާ ކުރާނެ އިތުރު ތާންގީއެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭ ސެންޓަރުގެ އަޕްގްރޭޑިން މަސައްކަތްތައް ކުރުމުގެ މައިގަނޑު ސަބަބަކީ، އެމްޑަބްލިއެސްސީއިން ބުނި ގޮތުގައި މުސްތަގުބަލުގައި އެ ސިޓީގެ އާބާދީ ބޮޑުވަމުން އަންނާތީ އެ އާބާދީއަށް ބޭނުންވާ ވަރަށް ސާފު ރައްކާތެރި ބޯފެން މެދު ނުކެނޑި ފޯރުކޮށް ދިނުމެވެ.