ހއ. އަތޮޅު ކައުންސިލްގެ ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޝްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ތަޖުރިބާ ހޯދުމުގެ ދަތުރެއްކޮށްފި އެވެ.

މި މަހު 4 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކުރި ދަތުރު ނިންމަވަލެއްމުމަށް ފަހު މިއަދު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ދަތުރު ވަރަށް ކާމިޔަބު ކަމަށާއި ޝްރީލަންކާގެ އަމިއްލަ ކޮލަޖަކުން ހއ. އަތޮލުގައި ކޮލެޖެއް ހެދުމުގެ ޝައުގުވެރިން ފާޅުކޮށްފައިވާ ކަމަށާއި ލަންކާގެ އެ ކޮލެޖްގެ ބޭފުޅުން އަންނަ ޑިސެމްބަރު މަހު ހއ. އަތޮޅަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރަށް ވެސް އެ ދަތުރުގައި ސްރީލަންކާގެ ކައުންސިލަކާ ގުޅިގެން އަތޮޅުގެ ތަރައްޤީ އަށް ހުރި ފުރުސަތުތައް ބަލައި އެ ފަރާތްތަކުން ވެދެވެން ހުރި އެހީތެރިކަން ހޯދުމާއި ލަންކާގެ އެކި ޕްރޮވިންސްތަކަށް ވަޑައިގެން އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކާއި ކޮށްފައިވާ އިންވެސްޓްތައް ކައުންސިލް މެމްބަރުން ބައްލަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ އެ ދަތުރުގައި ލަންކާގެ ޕާލިމެންޓް މެމްބަރެއް ކަމަށްވާ ފައިސަލް ކަސިމްއާ ބައްދަލުކުރެއްވި ކަމަށެވެ.

"ރޭގަނޑުގެ ފަރިއްކޮޅަށް ފަހު އެ ބޭފުޅުންނާ އެކު އަތޮޅު ކައުންސިލްގެ މެމްބަރުން ބޭއްވި ބައްދަލުވުމުން އެދެވޭ ގިނަ ފުރުސަތުތަކެއް ހުރި ކަމަށް ވިދާޅުވި. އަދި މި ބައްދަލުވުމުގައި އެޑިޔުކޭޝަންގެ ދާއިރާ އިންނާއި ސިއްޚީ ދާއިރާގެ އިތުރުން އިންވެސްޓްކުރެވެން ހުރި ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު،" ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރަށް ވެސް ގިނަ މަޝްވަރާތަކެއްކޮށް، އެއްބަސްވުންތަކަށް އައިސްފައިވާ ކަމަށާއި އެކަންތައް ވަރަށް އަވަހަށް އަތޮޅު ކައުންސިލުން ރަސްމީ ސިފައެއްގައި ހާމަކުރަށް ވާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.