13 Nov 2011, 10:05
އަނިޔާ އަށް ފަހު އޭސީ މިލާނުގެ ބްރެޒިލް ފޯވާޑް އެލެސެންޑްރޯ ޕަޓޯ މިދިޔަ ބުރާސްފަތި ދުވަހު އެ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރި ވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ޕަޓޯ އަށް މިދިޔަ ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހު ލިބުނު އަނިޔާ އަށް ފަހު އޭސީ މިލާނު ކުޅުނު އެއްވެސް މެޗަކުން ފެނިފައެއް ނުވެ އެވެ.
ރިޕޯޓްތަކުން މިހާރު ބުނަމުންދާ ގޮތުގައި މިމެހު 19 ވަނަ ދުވަހު ފިއޮރެންޓީނާ އާއި ދެކޮޅަށް އޭސީ މިލާން ކުޅޭ މެޗުގައި ޕަޓޯ ފެނުން ވަރަށް ގާތް ކަމަށް ބެލެވެ އެވެ.
ޕަޓޯ އަނިޔާ އިން ސަލާމަތް ވެފައިވާ އިރު، ދާދި ފަހުން ހިތުގެ އޮޕަރޭޝަނެއް ކުރި އޭސީ މިލާނުގެ އިޓަލީ ފޯވާޑް އެންޓޯނިއޯ ކަސާނޯ އަށް އަލުން ކުޅެން ނުކުމެވޭނީ އަންނަ އަހަރުން ފެށިގެން ނެވެ. މިމަހު ކުރީކޮޅު ކަސާނޯ ކުރި މި އޮޕަރޭޝަން ވަނީ ކާމިޔާބުވެފަ އެވެ.