މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ފިލި، މ. ކޮޅުފުށި ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 17:30 ހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.

މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކޮޅުފުށީ ކައުންސިލްގެ ނައިބު ރައީސް ޖައުފަރު މޫސާއެވެ. ޖައުފަރު މޫސާ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހޯމަ ދުވަހު ކޮޅުފުއްޓަށް ދިޔަ ދޯންޏަކުން ގެންދިޔަ ފޮށިގަނޑެއް ހިފައިގެން ދަނިކޮށެވެ.

އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަމަށް ވަނީ އެނގިފައެވެ. މައްސަލައިގައި ހައްޔަރުކުރުމުން ޖައުފަރު ފިލީ ހޯމަ ދުވަހުގެ ރެއެވެ.