24 Sep 2019, 20:47
ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ ހިލާލީގެ ކައިރިން މީހަކު ބަޑިބޭހާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 3:50 އެހައިކަންހާއިރު ހިލާލީގެ ކައިރީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަޑިބޭސް ކަމަށް ޝައްކު ކުރެވޭ އެއްޗިހިތަކެއް ފެނިފައިވާ ކަމަށެވެ.
އުމުރުން 37 އަހަރުގެ އެމީހާގެ ހާޒިރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަޑިބޭސް ކަމަށް ޝައްކު ކުރެވޭ އެއްޗިހިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.