24 Sep 2019, 18:59
ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓުނު ތުއްތު ފިރިހެން ކުއްޖާ އާއި އައްޑޫ ސިޓީ މަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުންގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަަމަށާއި މިހާރުވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
މަސްފެންގަނޑަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާތާ މިހާރު މިވީ 10 ވަނަ ދުވަހެވެ.
ތުއްތު ކުއްޖާ ފެންގަނޑުން ނަގައިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސްއެވެ. އޭނާއަށް އިތުުރު ފަރުވާ ދިނުމަށް މާލެ ގެނެއުމަށް ފަހު މިހާތަަނަށްވެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގައެވެ.
މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ ހާދިސާގައި ސީރިއަށް އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ 55 އަހަރުގެ ފިރިހެނަކަށެވެ.