މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މ. ކޮޅުފުށީ ކައުންސިލްގެ ނާއިބު ރައީސް ފިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް އިއްޔެ ހިނގި ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ފުލުހުން ވިދާޅެއް ނުވެ އެވެ.

ފުލުުހުން ބުނީ އިއްޔެ ހަވީރު މަސްތުވާތަކެތީ މައްސަލައެއްގައި 39 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ. އަދި އޭނާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ފަށާއިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކޮޅުފުށީ ކައުންސިލްގެ ނާއިބު ރައީސް ހައްޔަރުކުރީ އިއްޔެ ކޮޅުފުއްޓަށް ދިޔަ ދޯންޏަކުން ގެންދިޔަ ފޮށިގަނޑެއް ހިފައިގެން ދަނިކޮށެވެ. އަދި އޭގައި މަސްތުވާތެކެތި ހުއްޓެވެ.

އޭނާ ފިލާފައި ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ އެވެ.