24 Sep 2019, 15:14
އިސްލާމް ދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ހިންގަމުންދާ ޕޭޖެއް ބްލޮކް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް "ސަން" އަށް މިއަދު ވިދާޅުވީ އެ ޕޭޖް ބޮލްކުކުރަން އެދި ރަސްމީކޮށް ފުލުހުންގެ އިދާރާގެ ސިޓީއެއް ލިބުނު ކަމަށާއި އެހެންކަމުން އެ ޕޭޖް ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް މިހާރު އަންގާފައިވާ ކަމަށެވެ.
"ވަރަށް އުނދަގޫ ކަމެއް އަސްލު ބްލޮކް ކުރުމަކީ. އެއީ ހަމަ ބްލޮކް ކޮށްލާއިރަށް އެހެން ޔޫއާރުއެލްއަކުންވެސް އެބަ ވަދެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ދީނަށް ފުރައްސާރަކޮށް "ހޭޓް ސްޕީޗް" ފެތުރުމަކީ ފޭސްބުކްއިން ގެންގުޅޭ އުސޫލުތަކާ ތައާރަޒުވާ މަަައްސަލައެއް ކަމަށާއި އެ ޕޭޖް ބުލޮކް ކުރުމަަށް ފޭސްބުކްގައިވެސް މިހާރު އެދިފައިވާ ކަމަށެވެ.
"އުއްމީދުކުރަނީ އެ ޕޭޖް ފޭސްބުކްއިންވެސް ބްލޮކްކުރާނެކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ
އެ ޕޭޖް ބްލޮކްކުރަން ނިންމިއިރު ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުމުގައި ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހެން ވެސް އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގައި އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.