19:00


ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މިއަދުގެ ފުރަތަމަ މެޗްގައި ހޮންޑިއުރާސްގެ މައްޗަށް އެކެއް ސުމެއްގެ ކާމިޔާބެއް ޗިލީން ހޯދައިފި އެވެ. މެޗްގައި ޗިލީއަށް ލީޑް ނަގައިދިން ގޯލް ކާމިޔާބުކޮށްދީފައި ވަނީ 34 ވަނަ މިނެޓްގައި ބޯޝުއާ އެވެ.


މެޗްގެ ފުރަތަމަ ހާފްގައި ފެނިގެން ދިޔައީ ދެ ޓީމުން ވެސް ވަރަށް އަވަސް އަދި އެޓޭކިން ގޭމެއް. މިމެޗުގައި ޗިލީން 20 ހަމަލާ އުފައްދާ ފަސް ހަމަލާ ގޯލަށް އަމާޒުކޮށްފަ އެވެ. މީގެ ތެރެއިން ގޯލަށް ވަދެފައި ވަނީ އެންމެ ހަމަލާއެކެވެ. ހޮންޑިއުރާސް އިން ވަނީ ހަތް ހަމަލާ އުފައްދައި ދެ ހަމަލާ ގޯލަށް އަމާޒުކޮށްފަ އެވެ. މި މެޗްގައި ޗިލީގެ ދެ ކުޅުންތެރިއަކަށާއި ހޮންޑިއުރާސް ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކައިފަ އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗިލީއަށް މިމެޗް ކާމިޔާބުކޮށްދިން ބޯޝުއާ އެވެ.


މިއީ ޗިލީ ވޯލްޑްކަޕްގައި ވާދަކުރާ އަށް ވަނަ ފަހަރު އަދި ހޮންޑިއުރަސް ވާދަކުރާ ދެ ވަނަ ފަހަރެވެ.


މި ގްރޫޕްގެ ދެވަނަ މެޗްގައި މިހާރު ބައްދަލުކުރަމުން ދަނީ ސްޕެއިން އާއި ސްވިޒަލެންޑެވެ. ސްޕެނިޝް ލަލީގާގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާ އެކު މިރޭ މެޗަށް ސްޕެއިން ނިކުތީ މުބާރާތުގެ ފޭވަރިޓް ޓީމުގެ ގޮތުގަ އެވެ.


މިރޭގެ ދެވަނަ މެޗްގައި 11.30 ގައި ބައްދަލުކުރާނީ ސައުތު އެފްރިކާ އާއި އުރުގުއޭ އެވެ. މިގްރޫޕްގެ ފުރަތަމަ ދެމެޗް އެއްވަރު ވެފައިވުމަކީ މިރޭގެ މެޗް އިތުރަށް ފޯރިގަދަވެގެން ދާނެ ކަމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. މިރޭގެ މެޗުގައި ދެކުއެފްރިކާއިން އެންމެ ބޮޑަށް ސަމާލުވާނީ އުރުގުއާއިގެ އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް ހަލުވި ފޯވަޑް ހުއްޓުވުމަށެވެ. މިމެޗުން މޮޅުވާ ޓީމަކަށް ގަދަ ސޯޅައަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.