އެސްޓީއޯ އިން "ވޯކް ޓު ވާކްގެ" ނަމުގައި ހިނގާފައި މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށްފި އެވެ.

މިއަދު އެސްޓީއޯގެ މުވައްޒަފުން މަސައްކަތަށް ނިކުތީ ހިނގާފަ އެވެ.

އެސްޓީއޯ އިން ބުނީ މިއީ ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ބާރު، ތިމާވެއްޓަށްޓަކައި ފަރުދީގޮތުން ކުރެވިދާނެކަމެއް ކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި އެކުންފުނީގެ ވެރިންނާއި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެސްޓީއޯއިންވަނީ ތިމާވެއްޓާ ރައްޓެހި އާދަތަށް އަށަގެންނެވުމުގެ ގޮތުން އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ސުޕަމާޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ބާޒާރުކުރަންދާ ފަރާތްތަކުގެ ބިލުން ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދޭންވެސް ފަށާފައެވެ.