23 Sep 2019, 23:53
ލ. ގަމުގައި ގަން މީހަކު ގަން ހިންގުވި މަައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ގަމުގައި ވައްކަމުގެ މައްސަލައެއް މިއަދު މެންދުރުފަހު، 3:30 އެހާކަންހާއިރު އެ މުއައްސަސާއަށް ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ގަން ހިންގުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަކުކޮށްފައި ނުވެއެވެ.
ގަމުގައި މީހަކު ގަން ހިންގާ ފޮޓޯ އާއި ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި ވެސް ވަނީ ދައުރުވެފައެވެ.