23 Sep 2019, 21:10
މިދިޔަ ހުކުުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަނބޮޑުވުން އުފެދޭ ފަދަ ވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު އެ ހާދިސާއަކީ، ޓެރިރިޒަމްގެ އަމަލެއް ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އަލިފާނުގެ ހާދިސާގެ ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.
"[ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ] ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް އިލްތިމާސް ކުރަން،" ޓްވީޓްގައި ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން ކުރި އިތުރު ޓްވީޓެއްގައި ބުނީ، ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގަމުން ގެންދާކަމަށާއި އެކަން އެ މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްވަތްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ މެމްބަރު، އިބްރާހިމް މުއިއްޒު ވަނީ، އަބަދަށްފެހި މަގުގައި ކެމިކަލް ގުދަންގައި ރޯވެ ހިނގި ހާދިސާއަކީ، އިންތިޒާމްވެގެން ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް
ނަމަވެސް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިހާތަށް ތަހުގާގަށް ހޯދި ހޯދުންތަކުން އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މުއިއްޒުގެ ވާހަކަތަކާ ގުޅިގެން
ކެމިކަލް ގުދަނުގައި ރޯވި ހިނގި ހާދިސާގައި އެކަކު މަރުވެ، 30 އެއްހާ ގެއެއްގައި ދިރިއުޅެމުންދިޔަ 400 އަަަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރެއިން ބައެއް މީހުން 297 މީހަކު މިހާރު ވަނީ ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީގެ ވަގުތީ ބޯހިޔާވަހިކަމުގައެވެ.