23 Sep 2019, 13:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އަލަށް ފަސް މެންބަރަކު އައްޔަނު ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަށް ފަސް މެންބަރަކު އައްޔަނު ކުރައްވާ، އެ ބޯޑުގެ ރައީސަކަށް އައްޔަނު ކުރައްވާފައިވަނީ ހަސަން ވަހީދެވެ. އެ މަގާމުގައި މީީގެ ކުރިން ހުންނެވީ މުހައްމަދު ނިޒާރެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި މިހާރު ތިއްބެވީ ރައީސް ހަސަންގެ އިތުރުން އާސިމް މުހައްމަދާއި އާއިޝަތު ޝާޒްލީ، ރުޝާހާ އަހުމަދު ޝަރީފް އަދި އަލީ ޝަފީއުގެ އިތުރުން އުސްތާޒު އަލީ ޝުޖާއުއެވެ. ބޯޑުގައި ނަން އެގްޒެކެޓިވް މެންބަރެއްގެ މަގާމު އަދި ހުސްކޮށް އެބައޮތެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ ޕްރައިވަޓައިޒޭޝަން ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު ރައީސް އެވެ. ބޯޑުގެ ރައީސާއި ނައިބު ރައީސްވެސް މަޖިލީހުގެ ރުހުމާއެކު އައްޔަނު ކުރަނީ ރައީސުލްޖުމްހޫރިއްޔާއެވެ.