އަގުހުރި އިނާމުތަކަކާއެކު ލޮޓަސް ފިހާރައިން ވިއްކާ ލެވިސްޓާ ކޮފީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި މަހުގެ 10 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 10ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ލޮޓަސް ފިހާރައިން ގަންނަ ލެވިސްޓާ ބްރޭންޑުގެ ދެ ކޮފީ ދަޅަކަށް ކޫޕަނެއް ލިބޭނެއެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް ލޮޓަސް ފިހާރަ އަހުމަދީބާޒާރު އަދި ފަރީދީ މަގުގައި ބަހައްޓާފައިވާ ފޮއްޓަށް ކޫޕަން ވައްޓާލުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވާ އިނާމު ---

މި ޕްރޮމޯޝަނުގައި ޖުމްލަ 115,900 ރުފިޔާގެ އިނާމު ދޫކޮށްލާނެއެވެ. އެއްވަނައަށް ކަނޑައަޅާފައިވަނީ 90,000 ރުފިޔާގެ އަގުހުރި ބެނެލި ލިއޮންސީ 250ސީސީގެ ސައިކަލެކެވެ. މިއީ ރާއްޖޭގައި މިހާރު ވިއްކާ މި ބްރޭންޑުގެ އެންމެ ފަހުގެ ސައިކަލު ކަމަށް ލޮޓަސްއިން ބުންޏެވެ.

ޕްރޮމޯޝަނުގެ ދެވަނަ އިނާމަކަށް ކަނޑައަޅާފައިވާ އިނާމު ---

ޕްރޮމޯޝަނުގެ ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ 25,900 ރުފިޔާގެ އަގުހުރި ލިންހައި ކުޒީ 110ސީސީގެ ސައިކަލެކެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތު ނެގުުން އޮންނާނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.