މަޝްހޫރު ހަރުބީ ބޮޑު ބެރު ގްރޫޕުން ސްރީލަންކާގައި އެ ގްރޫޕްގެ ޝޯއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

"ހަރުބީ ގޯ އިންޓަނޭޝަނަލް ވިތު މިހިން ލަންކާ" ގެ ނަމުގައި ބާއްވާ އިވެންޓަކީ ހަރުބީ ބޮޑުބެރު ގްރޫޕާއި ދިވެހި ޑިޒައިން ގުޅިގެން ބާއްވާ ޝޯއެކެވެ. ހަރުބީ ބޮޑުބެރު ގްރޫޕްގެ މެނޭޖަރު މުހައްމަދު ޝަމްހާން (ޖޯރޭ) ބުނީ މި ޝޯ ލަންކާގައި ބާއްވަނީ ދިވެހި ސަގާފަތް ބޭރު ދުނިޔެއަށް ދައްކާލުމަށް ކަމަށެވެ.

"ޝޯގެ މަގްސަދަކީ ސްރީލަންކާގައި ތިބި ހަރުބީގެ ސަޕޯޓަރުންނަށް ހަރުބީގެ ހަރަކާތްތައް ދައްކާލުން،" ޖޯރޭ ބުންޏެވެ.

ވިދިވިދިގެން ދެ ފަހަރަށް "ބޮޑުބެރު ޗެލެންޖް" ކާމިޔާ ކޮށްފައިވާ ހަރުބީ ގްރޫޕްގެ ޝޯ ސްރީލަންކާގައި ބާއްވަން ހަމަޖައްސާފައި ވަނީ ވެރިރަށް ކޮލަމްބޯގެ ސައުތް އިންޓަނޭޝަނަލް ކޮލެޖްގަ އެވެ. ޝޯ ބާއްވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.