ސިފައިންގެ މެދުގައި ބާއްވާ މިސްޓަ އެމްއެންޑީއެފް ބޮޑީބިލްޑިން މުބާރާތް އަޑޫ ސިޓީގެ މަރަދޫފޭދޫ ސްކޫލްގައި މިރޭ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ބިލްޑަރުން ވާދަކުރެ އެވެ. އެމްއެންޑީއެފްގެ އިސް ބޭފުޅަކު ވިދާޅުވީ މިރޭ 9:00 ޖަހާއިރު މުބާރާތް ފަށާއިރު، ފުރަތަމަ އޮންނާނީ ފްރީޑެލިންގެ އިވެންޓްތައް ކަމަށާއި މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނީ މާދަމާ ރޭ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި މިސްޓަ އެމްއެންޑީއެފަކަށް ހޮވުނީ އަލީ އަނަސް އެވެ.