އެސޯސިއޭޝަން ފޯ ނޭކުރެންދޫ ޑިވެލޮޕްމަންޓް (އެންޑް) އިން ބާއްވާ ފުޓްސަލް ކަޕްގެ ގުރުއަތުލުން ބާއްވައިފި އެވެ.

އެންޑުގެ ވަގުތީ މީޑިޔާ ކޯޑިނޭޓަރު ހާމިދު ރަޝީދު ބުނީ، ޗެމްޕިއަން ޓީމަށް 3000ރ. އަދި ރަނަރަޕް ޓީމަށް 1500ރ. ދޭ މުބާރާތުގައި އަށް ޓީމް ބައިވެރިވި ކަމަށާއި މުބާރާތް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.

މިމުބާރާތް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ދެ މެޗް ކުޅޭނެ އެވެ.