22 Sep 2019, 09:08
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމު ކަމަށްވާ "ބޫތު : ޕާޓް ވަން - ހޯންޓެޑް ޝިޕް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ފިލްމުގެ ޝޫޓިން ނިންމާ އެ ފިލްމު ކުރިން ރިލިޒްކުރަން ނިންމީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ފިލްމު ފަސްކުރި ސަބަބާ ގުޅޭ ގޮތުން ކަރަން ބުނީ އެ ފިލްމުގެ ބައެއް މަސައްކަތްތައް ނުނިމޭ ކަމަށާއި އެ މަސައްކަތްތައް ނިންމަން ވަގުތު ބޭނުންވާ ކަމަށެވެ. އެ ފިލްމު އަންނަ އަހަރަށް ފަސްކުރި ނަމަވެސް ކަރަންގެ ފިލްމު ކުންފުނިން ގެނެސްދޭ "ގުޑް ނިއުސް" މި އަހަރު ޑިސެމްބަރު މަހު ފެންނާނެ އެވެ.
ބަނޫ ޕްރަތާބު ސިންގު ޑައިރެކްޓުކުރާ އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ވިކީ ކޯޝަލްއާއި ބޫމީ ޕަޑްރޭނާޔަކް އެވެ.
އެ ފިލްމަކީ ބޮލީވުޑުން އުފައްދާ ބިރުވެރި ފިލްމުތަކުގެ ތެރެއިން ތަފާތުވާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.