Last Updated: 6 year 2 month ago

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރި އެ ތަންތަނަށް ވަނީ އެކީހެން އަނދާފައި. އެ އަލިފާންގަނޑު ހަތަރު ގަޑިއިރު ފަހުން ކޮންޓްރޯލްވިއިރު 49 އަހަރުގެ އަންހެނަކު ވަނީ މަރުވެފައި.

މީގެ އިތުރުން ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކަށް އޭޑީކޭގައި ފަރުވާދިން އިރު، ހާލުގައި ޖެހުނު މީހުންނަށް ކަލާފާނު ސްކޫލްގައި ވަނީ ރިލީފް ސެންޓަރެއް ހުޅުވާފައި. އެ ތަނުގައި 100 އެއްހާ މީހުން އެބަތިބި.

މިއީ މިފަހުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހެންވޭރުގެ ބައެއް ހިސާބުތަކުން ވަނީ ވަގުތީ ގޮތުން ކަރަންޓް ކަނޑާލާފައި. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓް ކަނޑާލި ނަމަވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އަލުން ކަރަންޓް ދިނުމުގެ މަސައްތަ ކުރަމުން އަންނަ ކަމަށް ސްޓްލްކޯ އިން ވަނީ ބުނެފައި
"ހިސާބުގަނޑުގެ ގޭގޭގެ ހުރިހާ މީހުން ގާތްގަޑަކަށް އެވެކުއޭޓް ކުރެވިއްޖެ. ނަމަވެސް އެންމެ މީހެއް އަދި އެބައުޅޭ ވީ ނުވީއެއް ނޭންގޭ. ތިން ފަހަރު ހަތަރު ފަހަރު ވެސް އެ އިމާރާތައް އަރާ ބަލައިފި އަދި އެތެރެއަކުން މީހަކު ނުފެނޭ. އެހެންވީމަ އަދި މުޅިން ޔަގީން ނުވާ އެންމެ މީހަކު އެބައުޅޭ. އެހެން ހުރިހާ މީހުން މިހާރު ވަނީ ސަލާމަތް ކުރެވިފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އަލިފާން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފި
އަލިފާން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފި. މިހާރު ފެންނަނީ ތިން ތަނެއްގައި އަލިފާން ރޯވެފައިވާ ތަން. އެހެން ނަމަވެސް އެހާ ބޮޑަކަށް ނޫން. އެކަމަކު ދުމުގެ އަސަރު ވަރަށް ގަދައަށް މި ސަރައްހައްދުގައި އެބަ ހުރި.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބޮޑެތި ވެހިކަލްތަކުގައި ދަނީ ފެން ޖަހަމުން. ކުރިއާ އަޅާ ބަލާއިރު އަލިފާން ގަނޑު ކޮންމެވެސް ވަރަކަށް ވަނީ ކޮންޓްރޯލް ކުރެވިފައި

ކަޅުހުރާގޭ ގޯތީގައި އިމާރާތްތަކެއްގައި އަލިފާން ރޯވެއްޖެ
އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރި އިމާރާތްތަކުގައި ތިބި ހުރިހާ އެންމެން ކަލާފާނު ސުކޫލަށް ޖަމާވުމަށް ޑިޒާސްޓާ މެނޭޖްމެންޓުން އެދެފި. ޑިޒާސްޓާ މެނޭޖްމެންޓުން މިހެން އެދިފައިވަނީ އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވަނީ ކާކުތޯ ބެލުމަށް.
އެ ސަރަހައްދުން މައުލޫމާތު ލިބޭ ގޮތުގައި ތާށިވި އެންމެން މިހާރު އިމާރާތްތަކުން ވަނީ ނެރިފައި.
ތާށިވެގެން އިމާރާތުން ނެރުނީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް. މައުލޫމަތު ލިބޭ ގޮތުގައި އެ ދެމައިން ރާށިވީ ހ. ފެހއާބާދުގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ފާހާނައެއް ތެރެ. ސަލާމަތީ ބާރުތަކުން ވަނީ އެ ދަމައިން ސްޓްރެޗާގައި މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި.
ތާށި ވި ދެމީހުން މިހާރު އިމާރާތުން ނެެރެގެން ގޮސްގޮސްފި
ހ. ފެހި އާބާދުގޭގައި މިރޭ ރޯވެ އަލިފާން ފެތުރުން ހާދިސާއާ ގުޅުގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިތާމަ ފާޅުކުރައްވައިފިއެވެ.
ރޯވެފައިވާ އިމާރާތެއްގެ މަތީބުރި ވެއްޓި، އަލިފާނުގެ އަސަރު ކުރި އެހެން އިމާރާތެއް އަރިއަޅާލައިފި
ރޯވެފައިވާ އަލިފާންގަޑުގެ ދުންގަޑު އޭޑީކޭ ހޮސްޕިޓަލާއި ހަމައަށް ވަނީ އައިސްފައި
އަލިފާންގަނޑު ރޯވެފައިވާ ސަރަހައްދަށް މިހާރު ޑެފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވަޑައިގެންފައި. އެ ސަަހައްދުގެ ހާލަތު މާރިޔާ ދަނީ ބައްލަވާލައްވަމުން.
އަލިފާނުގެ ހާދިސާގައި އަސަރުކުރި މީހުންނަށް އެހީވުމަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުން އޭޑީކޭ އަދި ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވަނީ. 1412 އަށް ގުޅާލައްވާ.
އަލިގާންގަނޑު ފުރަމަ ރޯވި ހ. ފެހިއާބާދުގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާގައި އަންހެނަކާއި ކުޑަ ކުއްޖަކު ތާށިވެފައިވާ ކަމަށް މައުލޫމަތު ލިބޭ. ސަލާތަމަތީ ބާރުތަކުން ދަނީ އެމީހާ އިމާރާތުން ނެގުރަމަށް މަސައްކަތް ކުރަމުން.
އަލިފާން ގަނޑު ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި
ދުމުގެ އަސަރުކޮށްގެން ބައެއް މީހުން އޭޑީކޭއަށް ގެންގޮސްފައިވައިރު، އައިޖީއެމްއެޗް ވެސް އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށް އެތަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް އަދި މީހަކު މިހާތަނަށް ގެނައިސްފައި ނުވޭ
އަލިފާންގަނޑު ރޯވިތާ މިހާރު ގަޑިއެއްހާއިރުވެއްޖެ. އަދިވެސް އަލިވާފާންގަނޑު ނިއްވާނުލެވޭ. މިހާތަނަށް ދެ އިމާރާތަށް ވުރެ ގިނައިން ވަނީ އަލިފާނުގެ އަސަރުކޮށް، އަދަމުން.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަން ވިދާޅުވީ، މިހާރު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް އެމަޖެންސީ ސެންޓަރު ކަލާފާނު ސްކޫލުގައި ގައިމުކޮށްފައިވާ ކަމަަށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ ސެންޓަރަށް ރިޕޯޓު ކުރުމަށް ހިސާން ވިދާޅުވިއެވެ.
އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލަށް މިހާތަނަށް ގެންދެވުނީ ޖުމްލަ ކިތައް މީހުންކަމެއް ޔަގީންކޮށް ދަންނަވަން ނޭންގޭ ކަމަށް. ހައެއްކަ މީހުން ސްޓްރެޗާގައިވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ޔަގީން ނަމްބަރެއް ނޫން ކަމަށް އައްފާލް ވިދާޅުވި
އެއާޕޯޓް ފަޔާ ލޮރީ އަލިފާން ރޯވި ހިސާބަށް ގެނެސްފި
ދުމުން ރައްކާތެރިވުމުގެ ގޮތުން ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި. ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކު މިހާރުވެސް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ
ޒަހަމްތަކާއެކު އެމްއެންޑީއެފްގެ އޮފިޝަލަކާއި ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި
ރޯވެފައިވަނީ ހ. ފެހި އާބާދުގޭގޭގެ ފަހަތުގައި ހުރި ގޭގެގައި އަލިފާން ހިފައިފި
ފަޔާ އެންޑް ރެސްކިއުގެ އެންމެ ބޮޑު ވެހިކަލް ގޯޅި އަށް ވައްދައިފި
ދުމުގެ އަސަރުކޮސްގެން ބައެއް ކުޑަކުދިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި









