މި އަހަރު ފެނަކަ ކޯޕަރޭޝަނުން ހަދަން ފަށާ 17 ވަނަ އިންޖީނުގޭގެ ބިންގާ މިއަދު ހެނދުނު އަޅައިފި އެވެ.

މިއަދު ހެނދުނު ފ. ބިލެތްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ އާ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ އެ މަޝްރޫއުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.

އެ ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފެނަކައިން ބުނީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި އިންޖީނުގެ އެޅުމުގެ 30 މަޝްރޫއު ފަށާނެ ކަމަށެވެ. އެގޮތުން ފ. ބިލެތްދޫގެ މަޝްރޫއަކީ މި އަހަރު ތެރޭ ހަދައި 17 ވަނަ އިންޖީނުގެ އެޅުމުގެ މަޝްރޫއު ކަމަށް ފެނަކައިން ބުންޏެވެ.