މާލެ އިން ފުރައިގެން 29 މީހުންނާ އެކު ބ. އޭދަފުއްޓަށް ދަތުރުކުރި ދޯންޏެއް ރޭ ފަތިހު އޭދަފުށީގައިރީގައި އޮންނަ “ކޮރައިދޫ" ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އޭދަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް، އޭދަދުއްޓާ ދެ މޭލެއްހާ ހިސާބު އޮންނަ ފަރަކަށް އެރީ އޭދަފުށީ ފިޔަޖަހާގޭ މުހައްމަދު ނައީމްގެ "ނިޔާމާ" ބޯޓު ކަމަށާއި ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާ އެކު ސިފައިން ގޮސް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ބޯޓު ފަރަށް އެރި އިރު އެ ބޯޓުން 15 އަންހެނުންނާއި ތިން ކުޑަ ކުދިންނާއި ހަތް ފިރިހެނުން އަދި ހަތަރު ބިދޭސީން ދަތުރުކުރި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެ ހުރިހާ މީހުންނާއި ބޯޓުގައިވާ ބައެއް މުދާތައް އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

ސިފައިންނާއި ފުލުހުންނާއި އަދި އޭދަފުށީގެ ބައެއް ރައްޔިތުންގެ އެހީތެރިކަމާ އެކު މިހާރު ބޯޓް ފުންކޮށް މިއަދު ހެނދުނު 10:41 އެހާކަންހާއިރު އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.