އައިސީސީން އަހުމަދު ނާއިފް

އައްޑޫގައި ދާދި ދެންމެއަކު ނިމުނުނު 17 ވަނަ ސާކު ސަމިޓުގައި މެންބަރު ގައުމުތަކުން އައު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ރަށު އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ސާކުގެ ހަތްގައުމުގެ ވެރިން ބައިވެރިވެ ވަޑައިގެން އެ ޖަލްސާގައި ސޮއި ކުރި ހަތަރު އެގްރިމެންޓަކީ ގުދުރަތީ ހަދިސާތަކުގައި އަމަލުކުރާނެ ގޮތުގެ އެގްރިމެންޓަކާއި އެގްރިމަންޓް އޮން މަލްޓިލެޓްރަލް އެރޭންޖް މަންޓް އޮން ރެކޮގަނައިޒޭޝަން އޮފް ކޮންފާމިޓީ އެސެސްމަންޓާއި ސަރަހައްދީ މިންގަޑުތަކެއް ކަޑައެޅުމުގެ އެގްރިމެންޓު އަދި ސާކުގެ ސީޑް ބޭންކް އެގްރިމަންޓެވެ.

ސާކުގެ އަށް ގައުމުގެ ފަރާތުން އެގްރިމެންޓްތަކުގައި ސޮއި ކުރައްވީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ޗެއާކުރެއްވި އެ ޖަލްސާގައި "އައްޑޫ ޑެކްލަރޭޝަން" ގެ ނަމުގައި 17 ވަނަ ސާކު ސަމިޓުގެ ޑެކްލަރޭޝަން ނޫނީ ގައުމުތަކުގެ އެއްބަސް ވުން ފާސްކުރި އެވެ.

އޮބްޒާވަރު ގައުމުތަކުގެ ރިޕޯޓް ހުށަހެޅުމާއި އެކު ސައުތު އޭޝިޔާ ފޯރަމްގެ ނަތީޖާ ރިޕޯޓުވެސް ވަނީ މިއަދު ވަނީ ޗެއާމަންއަށް ހުށަހަޅާފަ އެވެ.

އަދި 18 ވަނަ ސާކު ސަމިޓް އޮންނާނީ ނޭޕާލްގައިކަންވެސް ވަނީ އިއުލާން ކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި ގައުމަށް ފުރާވަޑައިގަންނަވަން ޖެހުމުން އަފްގާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ބައިވެރިވެ ވަޑައިނުގަންނަވާއިރު ޕާކިސްތާނުގެ ބޮޑުވަޒީރުވެސް ގައުމަށް ފުރައިވަޑައިގަތުމަށް ސަމިޓުގެ މެދުތެރެއިން ޖަލްސާ ދޫކުރައްވާ ވަޑައިގަތެވެ.

ސަމިޓު ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސާކުގެ ގައުމުތަކަށް މުހިންމު ނިންމުންތަކެއް ނިންމިއްޖެ ކަމަށާއި އެ ނިންމުންތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.