އައިސީސީން: އަހުމަދު ނާއިފް

ލޭބަރުންނަށް ސާކްގެ ގައުމުތަކަށް އައިސް ގޮސްވުމުގައި މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ބަންގުލަދޭސްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ވިދާޅުވެއްޖެ އެވެ.

ސާކުގެ 17 ވަނަ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން އެކަމަނާ ވިދާޅުވީ ސާކްގެ ގައުމުތަކުގެ ބޭނުންތައް ފުއްދުމަށް ޓަކައި ސާކްގެ ކޮންމެ ގައުމަކައް ވެސް މަސައްކަތްތެރިންނަށް ދަތުރު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށާއި ސާކްގައި ގާއިމް ކުރަން މަސައްކަތްކުރާ "މިނިވަންކަން" ފުރިހަމަ ވާނީ އޭރުން ކަމަށެވެ.

"ގައުމުތަކުގެ މެދުގައި އޮތް އިތުބާރާއި އިހުތިރާމް ކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކަށް ވިސްނުމަށްފަހު އެބަޖެހޭ [މަސައްކަތްތެރިން ނާއި އާންމުން] ނަށް އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ހުރި ހުރަސްތައް ނައްތާލަން. އޭރުން އަޅުގަނޑުމެން މަސައްކަތް މިކުރާ މިނިވަންކަމުގެ ލަޑުދަނޑި ފުރިހަމަގޮތުގައި ހާސިލްލުރެވޭނީ،" ހަސީނާ ވިދާޅުވި އެވެ.

ދަތުރުކުރުމުގެ މިނިވަންކަން މަސައްކަތްތެރިންނަށް އޮތް ކަމުގައިވިޔަސް އެކަން އޮންނަންވާނީ ސަރުކާރުތަކުން ކަނޑައަޅާ "ވަރުގަދަ" އުސޫލުތަކަކާއި މިންގަޑުތަކެއް ތެރެއިން ކަމައްވެސް އެކަމަނާ ވިދާޅުވި އެވެ. އެ ގޮތަށް އަމަލު ނުކުރާނަމަ ނަހަމަގޮތުގައި މަސައްކަތްތެރިންގެ ބޭނުން ހިފުމާއި އަދި ހިޖުރަކުރުމުން ދިމާވާނެ މައްސަލަތަށް ނުކުންނާނެ ކަންވެސް ހަސީނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ނުދެކެން މަސައްކަތްތެރިން އައުމަކުން މާކަބޮޑު މައްސަލަތަކެއް ޖެހޭނެ ކަމަކަށް. އެއީ ސާކް ގައުމުތަކުގެ ދިރިއުޅުމުގެ ފެންވަރާއި އަދި ވައްޓަފާޅި ދާދި އެއްގޮތް. އެކަމުން ސާކް ގައުމުތައް އިތުރަށް ގުޅިގެންދާނީ،" ހަސީނާ ވިދާޅުވި އެވެ.

އަނެއް ހަތް ގައުމުގެ ވެރިންނާ މުހާތަބުކުރައްވާ ހަސީނާގެ ހިޔާލު އެ ގޮތަށް ފާޅު ކުރެއްވިއިރު ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި 40000 މީހަކު އުޅޭކަމަށް އިމިގްރޭޝަނުން ލަފާކުރާއިރު އޭގެތެރއިން ތިން ބައިކޮށްފަ އެއްބައި މީހުންނަކީ ބަންގުލަދޭސްގެ ރައްޔިތުންނެވެ.

އެމެރިކާގެ ހިއުމަން ޓްރެފިކިންގެ، ވޮޗް ލިސްޓުގައި ރާއްޖެ ހިމަނާފައިވާއިރު ހަސީނާ ވިދާޅުވީ ސާކް ސަރަހައްދަކީ ގިނަ އަދަދަކަށް މަސައްކަތެރިން ފޮނުވާ ހިސާބެއް ކަމައްވުމުން އެގޮތަށް ހިޖުރަކުރާ މީހުންނަށް އެ މީހުންގެ ހައްގުތަށް ހޯދައިި ދިނުމަށް ސާކުގެ ތެރެއިން މަސައްކަތްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ވާދަވެރިކަމަށްވުރެ ބޮޑަށް ގުޅިގެން އަހަރުމެން އެބަ ޔަގީންކުރަން ޖެހޭ މަސައްކަތެއް ހޯދަން އެހެންގައުމަކަށް ދާ މީހާއަށް ކަންތައް ކުރަނީ ރަނގަޅައްތޯ ބަލަން،"