ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖުން ހިންގާ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގެ އެކި އާއިލާތަކަށް 68 ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށްފި އެވެ.

ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް "ސަން" އަށް މިރޭ ވިދާޅުވީ އެ ކޮމްޕިއުޓާ ސިސްޓަމްތައް މުޅިން ވެސް ހަވާލުކުރީ އެއްވެސް ވަރަަކަށް ކޮމްޕިއުޓާ ސިސްޓަމްތައް ނުގެންގުޅޭ އާއިލާތަކަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެފަދަ ހަދިޔާތައް ކުރިއަށް އޮތް ތަނުގައިވެސް ހިލޭ ދިނުމަށް ރާވައިފައިވާ ކަމަށެވެ. އޭގެ އިތުރުން ހިލޭ ކޮމްޕިއުޓާ ޓްރެއިނިން ޕްރޮގްރާމްތައް އެރަށުގައި ހިންގާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ސައިރިކްސް ކޮލެޖުން ހިންގާ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހިންގާ ދަސްވާރު ޕްރޮގްރާމްގެ ދަށުން ވަނީ އެކި ސްކޫލުތަކުން 80 އެއްހާ ދަރިވަރުންނަށް ސެޓްފިކެޓް 3 ގެ ކޮމްޕިއުޓާ ޕްރޮގްރާމް އެ ކޮލެޖުން ހިލޭ ކިޔެވުމުގެ ފުރުސަތު ދީފަ އެވެ.

ސައިރިކްސް ކޮެލެޖުން ހުޅުދޫގައި ހިންގި ސީއެސްއާރު ހަރަކާތުގެ ތެރެއިން--- ފޮޓޯ: އަހުމަދު ޝަރީފް/ ސައިރިކްސް

ސައިރިކްސް އަކީ ކޮމްޕިއުޓާ އެކި ކޯސްތައް ހިންގުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ކޮލެޖެކެވެ. އެ ކޮލެޖުން މިހާރު އެކި ޑިގްރީ ކޯސްތައްވެސް ދަނީ ހިންގަމުންނެވެ.