ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޝާ ޕަޓާނީގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް ތައާރަފްކޮށްފިއެވެ.

ޓްވިޓާ މެދުވެރިކޮށް އޭނާ ޔޫޓިއުބް ޗެނަލެއް ތައާރަފްކުރިކަން ވަނީ ހާމަކޮށްފައެވެ. ޖުމްލަ ތިން ވީޑިއޯ އިން ޗެނަލް އުފެއްދިއިރު ދިޝާ ބުނީ ގިނަ ވީޑިއޯތަކެއް ޔޫޓިއުބް ޗެނަލްގެ ޒަރިއްޔާއިން ފެނިގެންދާނެ ކަމަށެވެ.

ދިޝާގެ ފުރަތަމަ ވީޑިއޯ ހާއްސަކޮށްފައިވަނީ އޭނާގެ ފޭނުންނަށެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓަށް 25 މިލިއަނާ ގާތްކުރާ ވަރަށް މީހުން ފޮލޯކުރެއެވެ. އަދި އެ އަދަދު ޓްވިޓާގައި އުޅެނީ 3.5 މިލިއަނުގައެވެ.

ދިޝާ ޕަޓާނީ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުތީ 2015 ވަނަ އަހަރުއެވެ. އޭނާ ވަނީ ކާމިޔާބު ފިލްމު "އެމްއެސް ދޯނި" އަދި "ބާގީ 2" އިން ފެނިގެން ގޮސްފައެވެ.

ބޮލީވުޑްގެ ގިނަ ތަރިންނެއް ފަހަކަށް އައިސް ވަނީ އަމިއްލަ ޔޫޓިއުން ޗެނަލް ތައްޔާރުކުރަން ފަށާފައެވެ. އޭގެ ތެރޭގައި ޖެކަލީން ފާނަންޑޭޒް އަދި އާލިއާ ބަޓް ހިމެނެއެވެ.