16 Jun 2010, 10:11
14:30
ސަން އެފްއެމް އޮންލައިނަށް ފޮޓޯ ފޮނުވުމަށް ހާއްސަ ނަންބަރެއް ތައާރަފުކޮށްފި އެވެ.
މާލެ އާއި އަތޮޅުތެރޭގައި ހިނގާ އެކިއެކި ކަންކަމުގެ ފޮޓޯ ސަން އެފްއެމް އޮންލައިނަށް ފޮނުވުމަށްޓަކައި އެމްއެމްއެސް ކުރާނެ ނަންބަރެއްގެ ގޮތުގައި ހަމަޖެހިފައި ވަނީ 2747 ކެވެ. މި ނަންބަރަށް ފޮނުވާ މުހިންމު ފޮޓޯތައް، އެ ފޮޓޯއަކާ ގުޅޭ ހަބަރާއެކު ސަން އެފްއެމް އޮންލައިންގައި ޝާއިއުކުރަމުންދާނެ ކަމަށް ސަން އެފްއެފް އޮންލައިނުން ބުނެ އެވެ. އަދި އެމްއެމްއެސް މެދުވެރިކޮށް ސަން އެފްއެމްގެ އެހުންތެރިން މިހާރު ވެސް ފޮނުވަމުންދާ ފޮޓޯތަކަށް ސަން އެފްއެމް އޮންލައިނުން ޝުކުރުވެރިވެ އެވެ.