އީސާގެފާނު ސޫރަ ރަމްޒުކޮށްދޭ ބެނާތަކެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކަމަށް ބުނެ އެ ބެނާތައް ނަގަން އެއާޕޯޓަށް އަރަން ދިޔަ މީހުން ފެރީއެއްގެ ކެޕްޓަނަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށާއި ފެރީގައި އެމީހުން ހުޅުލެއަށް ދަތުރުކުރީ ކެޕްޓަންގެ ނުރުހުމުގައި ކަމަށް ބުނުމުން ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

"ފުލުހުން ހުއްޓުވި މީހުން ދަތުރު ކުރި އެއް ފެރީގެ ކެޕްޓަން އެހެން ބުނާތީ އެމައްސަލަ މިދަނީ ބަލަމުން، ކެޕްޓަނަށް ހަމާލާދީ މާރާމާރީ ހިންގާފައިވާ ކަމަށް އޭނާ ވަނީ ބުނެފައި،" ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

http://sun.mv/albums/l_2359.jpg

އިއްޔެ އިރުއޮއްސުނު ވަގުތު އެއާޕޯޓަށް ދާން ނައްޓައިލި ފުރަތަމަ ފެރީގައި ދަތުރު ކުރި ބައެއް ނޫސްވެރިން ރޭ ބުނެފައިވާ ގޮތުގައި ފެރީ ވަކި ހިސާބަކަށް ދަތުރު ކުރުމަށް ފަހު ފެރީ މާލެއާ ދިމާލަން އަނބުރައިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފެރީގައި ތިބި މީހުން ހަޅައިލައި ހެދުމުން އަލުން ހުޅުލެއާ ދިމާއަށް ދަރު ކުރަމުން ދަނިކޮށް ފުލުހުން ގޮސް ހުއްޓުވީ އެވެ.

ބެނާތައް ނަގަން ދެ ފެރީއެއްގައި މީހުން ދަތުރުކުރި އެވެ. އޭގެ ތެރެއިން ފެރީ ކެޕްޓަނާ މެދު ދެބަސްވުން ހިނގާފައި ވަނީ 60 އަށް ވުރެ ގިނަ މީހުންނާއެކު ނައްޓައިލި ފުރަތަމަ ފެރީގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ހުންނެވި އެ ފެރީ ދަތުރުކޮށްފައި ވަނީ ހަރު އަޑުން "ﷲއަކުބަރު" ގޮވަމުންނެވެ.