10 Nov 2011, 07:00
ސ. ހިތަދޫ ލިންކް ރޯޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހިތަދޫ ކުނިކޮށި ސަރަހައްދާ ދިމާ އިން ލިންކް ރޯޑުގައި ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެފައިވާ ކަމަށެވެ. މަރުވީ ސ. ހިތަދޫ ބުލޫގޭ ހުސައިން އާދަމް 21 އެވެ.
ހިތަދޫން މަރަދު އަށް އަދުހުމަދު ދަނިކޮށް، ބާރަށް ދުއްވި އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސެންޓަށް ފަހު އަދުހަމް މަރުވީ ފަރުވާ ދެމުންދަނިކޮށެވެ. އޭނާގެ ކަނދުރާ އާއި އަތް ވެސް ބިނދުމުގެ އިތުރުން ބޯފަޅައިގެން ގޮސް ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ.
މި އެކްސިޑެންޓްގައި އިތުރު ތިން މީހަކަށް ވެސް ސީރިއަސް ޒަހަމްތައް ލިބި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އިމެޖެންސީކޮށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އަންހެނަކުން ވެސް ހިމެނެ އެވެ. އަންހެނަކީ ސ. ހިތަދޫ ޖެމިސްކު، ޝިފާނާ ހުސެއިނެވެ. އަނެއް ދެމީހުންގެ މައުލޫމާތު އަދި ސާފެއް ނުވެ އެވެ.
އެކްސިޑެންޓްވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލާއި ބައެއް މީހުންގެ ހެލްމެޓްތައް ވިއްސައިގެން ގޮސް ފުނޑުފުނޑުވެފައިވާ ކަމަށް ވެއެވެ. (ތަފުސީލު އަންނަނީ)