16 Jun 2010, 10:10
14:30
ދިރާގުން 3ޖީ ޕްލަސް ނެޓްވޯކްގެ ހިދުމަތް ހއ. ދިއްދޫ އާއި ގއ. ވިލިނގިލީގައި ދޭން ފަށައިފި އެވެ.
ދިރާހުން ބުނީ އެ ދެ ރަށުގައި 3ޖީ ޕްލަސް ނެޓްވާރކް ޤައިމްކުރުމާ ގުޅިގެން ދިރާގު 3ޖީ ޕްލަސް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް އިތުރުވަމުން އަންނަ ކަމަށެވެ.
ދިއްދޫއަކީ ތަރައްޤީގެ ގޮތުން ކުރިއަރަމުން އަންނަ ރަށަކަށްވާއިރު، ދިރާގުގެ ފަރާތުން މިފަދަ އަގުހުރި ބޭނުންތެރި ޚިދުމަތެއް ދިއްދޫއަށް ތާރަފް ކުރުމުން ދިއްދޫގެ ތަރައްޤީއަށް އިތުރު ކުރިއެރުން ތަން އަންނާނެ ކަމަށް ދިރާގުން އުންމީދުކުރެ އެވެ. އަދި ދިރާގުން ދިއްދޫއަށް މިޚިދުމަތް ތައާރަފު ކުރުމާ ގުޅިގެން މިއީ ދިރާގުގެ ފަރާތުން އެންމެ އުތުރުގައި މިޚިދުމަތް ތައާރަފްކުރި ފުރަތަމަ ރަށް ކަމަށާއި އަދި ދިރާގުގެ ފަރާތުން މިހިދުމަތް ތައާރަފު ކުރި ގއ. ވިލިނގިއްޔަކީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި ހިމެނޭ މުހިންމު އަދި އާބާދީ ބޮޑު ރަށެށް ކަމަށް ވެސް ދިރާގުން ބުނެ އެވެ.
ދިރާގުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮއްދޭ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަގުބޫލު އެއް ހިދުމަތަކީ ދިރާގު ޓަޗްނެޓް ޚިދުމަތެވެ. މީއީ ރާއްޖޭގެ އެންމެ ސްޕީޑް އަވަސް 3ޖީ ޕްލަސް މޯބައިލް ބްރޯޑްބޭންޑް އިންޓަރނެޓް ޙިދުމަތަކަށްވާއިރު، މި ޚިދުމަތް ކަސްޓަމަރުންނަށް މަގުފަހިކޮއްދެނީ ވަރަށް ފަސޭހަކަމައެކު ސްޕީޑްއަވަސް އިންޓަރނެޓް ޚިދުމަތް ރަށުގެ ކޮންމެ ތާކު ހުރެގެންވެސް ބޭނުންކުރެވޭނެ ފަދަގޮތަކަށް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އިތުރަށް ބުނީ ދިރާގު 3ޖީ ޕްލަސް ނެޓްވަރކްގެ ޚިދުމަތް ރާއްޖޭގެ އިތުރު ރަށްތަކަށް ޕޯރުކޮށްދިނުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށެވެ.