Last Updated: 6 year 3 month ago
Last Updated:
6 year 3 month ago
އެޕަލްގެ ބޮޑުރޭ: މޮޅު ކެމެރާ ހިމެނޭ އައިފޯން 11 ދައްކާލައިފި
23:52
އެޕަލްގެ ސޭލްސްއާ މެދު ހިތް ހަމަ ޖެހޭކަން ހާމަކުރައްވަމުން މިރޭގެ އިވެންޓް ނިންމާލައިފި.
އައިފޯން 11ގެ އަގުތައް ފެށެނީ 699 ޑޮލަރުން، އައިފޯން 11 ޕްރޯ 999 ޑޮލަރު އަދި އައިފޯން 11 ޕްރޯ މެކްސް 1099 ޑޮލަރަށް. އަދި ޕްރީ-އޯޑަރަށް ހުޅުވާލަނީ، އަންނަ ހުކުރު ދުވަހު.

ކެޕްޝަން..
ތިން ކެމެރާ ހިމެނޭ އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް
އައިފޯން 11 ޕްރޯ މެކްސް އާއި އައިފޯން 11 ޕްރޯ ވަނީ ނެރެފައި. ޕްރޯ މެކްސްގައި 6.5 އިންޗް ޑިސްޕްލޭއެއް ހިމެނޭ. އަދި ޕްރޯގައި ހިމެނެނީ 5.8 ޑިސްޕްލޭއެއް ހިމެނޭ. މީގެ އިތުރުން ތިން ކެމެރާ ވަނީ މި ފޯންގައި ހިމަނާފައި. އެއީ 12 މެގަ ޕިކްސުލް ވައިޑް ކެމެރާ އަކާއި 12 މެގަ ޕިކް ސްލް ޓެލެ ފޮޓޯ ކެމެރާއެއް އަދި 12 މެގަ ޕިކްސްލް އަލްޓްރާ ވައިޑް ކެމެރާއެއް.
އަދި 5 ގަޑިއިރު އިތުރަށް ބެޓަރީ ލައިފް ހިމެނޭ.

ކެޕްޝަން..
އައިފޯން 11 ވިއްކަން ފަށާ އަގަކީ، 699 ޑޮލަރު. ފޯންގައި ހިމެނެނީ 6.1 އިންޗި ލިކިއުޑް ރެޓީނާ ޑިސްޕްލޭއް.

ކެޕްޝަން..
އައިފޯން 11 ގައި ސްލޯފީ
އައިފޯން 11 ގައި ސްލޯމޯ ސެލްފީ ވަނީ ހިމަނާފައި. އެއީ "ސްލޯފީސް"

ކެޕްޝަން..
އައިފޯން 11 ގެ ކެމެރާގެ މޮޅުކަމަކީ ވައިޑް އޭންގަލް ފޮޓޯ ގްރަފީއަށް ހާއްސަކޮށްފައިވުން. އެގޮތުން 12 މެގަޕިކްސްލް ވައިޑް ކެމެރާއެއް ވަނީ ހިމަނާފައި. އަދި 12 މެގަ ޕިކްސްލް އަލްޓްރާ ވައިޑް ކެމެރާ ވަނީ ހިމަނާފައި.
ކެމެރާގެ ސްޕެކްތައް:
Dual camera: 12mp wide, 26mm f/1.8, ultra wide 12mp f/2.4
2x optical zoom out on the ultra wide camera.

ކެޕްޝަން..
އައިފޯން 11: ވަރުގަދަ ކެމެރާއެއް
އާ އައިފޯން ނެރެނީ، ދަނބު، ހުދު، ފެހި، ރީދޫ، ކަޅު އަދި ރަތް ކުލައިން. އެ ފޯންގައި 6.11 އިންޗި ރެޓީނާ ޑިސްޕްލޭއެއް ހިމެނޭ.

ކެޕްޝަން..
އައިފޯން 11 ދައްކާލައިފި
އާ އައިފޯން ދައްކާލަން ފަށައިފި. ޓިމް ގެންދަވަނީ ވާހަކަ ދައްކަވަމުން. އޭނާ ވިދާޅުވަނީ ކަސްޓަމަރުންގެ 99 ޕަސެންޓް އައިފޯނާ މެދު ހިތްހަމަ ޖެހޭ ކަމަށް. އާ އައިފޯން، އައިފޯން 11 ގެ ވީޑިއޯ ދައްކާލައިފި. އޭގެ ފަހަތުގައި ދެ ކެމެރާ ވަނީ ހިމަނާފައި.
އެޕަލް ވޮޗް ފިފްތް ޖެނެރޭޝަން ނެރޭނީ ސިލްވާ، ގޯލްޑް އަދި ސްޕޭސް ގްރޭއިން. އަދި ގަޑި އުފައްދާފައި ވަނީ ރިސައިކަލް އެލްމިނިއަމްއިން. އެގޮތުން އެ ގަޑިތަކުގެ އަގު ފެށެނީ، 399 ޑޮލަރަށް. މިހާރު އޯޑަރު ކުރާ މީހުންނަށް ސެޕްޓެމްބަރު 20ގައި ނެރޭނެ. ސިއްހީ ކަންކަމަށް ސަމާލުވާން ގިނަ ފީޗާތައް އާ ގަޑިއަށް ވަނީ އިތުރުކޮށްފައި.
އެޕަލް ވޮޗް ސީރީޒް 5 މާ ސަޅިކޮށްލައިފި
އެޕަލް ވޮޗް ސީރީޒް 5 ގައި އަބަދުވެސް ދިއްލިފައި ހުންނަ ރެޓީނާ ޑިސްޕްލޭއެއް ހިމަނާފައި. އެ ގަޑީގެ ތައާރަފެއް ދެއްވަމުން ސްޓޭން ވިދާޅުވީ، 18 ގަޑިއިރުގެ ބެޓެރީ ލައިފް ހުންނާނެ ކަމަށް. އަދި ބޭނުންވާ ވަރަކަށް އަލި މަޑުކުރުމާއި ގަދަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި. އަދި ނިދާ ވަގުތު ވެސް ޓްރެކް ކިރެވޭނެ ކަމަށް.

އެޕަލް ވޮޗް 5 ޖެނެރޭޝަން ދައްކާލަނީ
އާ ފީޗާތަކެއް އިތުރުކޮށް އެޕަލްގެ ގަޑި ވެސް މިރޭ ދައްކާލާނެ. އެޕަލް ވޮޗްގެ ތައާރަފެއް ދެއްވަމުން ސީއީއޯ ޓިމް ކުކް ވިދާޅުވީ، އާންމު ސިއްހަތުގައި ކަންކަމަށް އެހީތެރިވެދޭ އެއްޗަކަށް އެޕަލްގެ ވޮޗް ވެފައިވާ ކަމަށާއި މިއީ ދުނިޔޭގައި ވެސް މިހާރު ހުރި އެންމެ ސްމާޓް އަދި ގިނަ ބަޔަކު ބަލައިގެންފައިވާ އުފެއްދުމެއް ކަމަށް.
އެޕަލް ސެވަންތް ޖެނެރޭޝަން އައިޕެޑް އަދި އޯއެސް
އެޕަލްގެ އާ އައިޕެޑް، އައިޕެޑް އޯއެސް މިރޭ ވަނީ ނެރެފައި. ތަފާތަކީ، އޭގެ ސްކްރީން ސައިޒް 10.2 އިންޗަށް ބޮޑުވުން. މީގެ ކުރިން އެއީ ނުވަ އިންޗީގެ ޑިސްޕްލޭއެއް. އަދި އައިޕެޑްގެ އޮޕަރޭޓިން ސިސްޓަމްވަނީ މިފަހަރު މާބޮޑަށް ވެސް ރަނގަޅު ކޮށްފައި. އަގު ފެށެނީ 329 ޑޮލަރަށް.

ކެޕްޝަން..
އެޕަލް އާކޭޑާއި އޮރިޖިނަލް ކޮންޓެންޓް އަދި ޓީވީ
މިރޭ ރާއްޖެ ގަޑިން 10:00 ގައި ފެށި ހަފްލާގައި އެންމެ ފުރަތަމަ ދައްކާލީ، އެޕަލްގެ މުޅިން އާ އުފެއްދުމެއް ކަމަށްވާ "އެޕަލް އާކޭޑް" އެޕަލް އާކޭޑް އަކީ ސަބްސްކްރައިބްކޮށް ގޭމް ގުޅުމަށް ހާއްސަ ހިދުމަތެއް. މި މަހު 19 ގައި ކަސްޓަމަރުންނަށް ދޫކޮށްލާނެ ކަމަށް އިއުލާންކުރި.
އެޕަލް ޓީވީ އާއި އޮރިޖިނަލް ކޮންޓެންޓާ އެކު އެޕަލް ޓީވީ ޕްލަސް މިރޭ ދައްކާލި.